A wide advertisement which will be shown on all devices. (700 x 100)

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ފިތުރު ޒަކާތް ދެއްކުން

ފަގީރުންނާއި މިސްކީނުގެ މިއަހަރުގެ ދަފުތަރުގައި ރަޖސިްޓްރީވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލާފައި ވެއެވެ. މިފަހަރު ރަޖިސްޓްރީވާން ހުށަހަޅަން ޖެހެނީ މި 1442 ވަނަ އަހަރު އަލަށް ރަޖިސްތްރީން ޥާން އެދޭ ފަރާތްތަކުން އެކަންޏެވެ.

އެގޮތުން އަލަށް ރަޖިސްޓްރި ވާން އެދޭ ފަރާތްތަކަށް 19 ޑިސެމްބަރު 2021 އިން ފެށިގެން ފޯމް ލިބެން ހުންނާނެ ކަމަށް ހާމަކުރައްވައެވެ. ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކުރިޔަށް އޮތް، 2022 ޖެނުއަރީ 2-20 ވަނަ ދުވަހުގެ މެންދުރު ފަހުގެ 13:00 އަށެވެ. މިކަމަށް ބޭނުންވާ ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުރެއެވެ.

ފުރިހަމަކޮށްފައިވާ ފޯމް ދޫކުރުމައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުރީގެ ރަށު އޮފީސް ހިންގި އިމާރާތުގައި ހުރި އެކައުންސިލްގެ ‘މޮސްކް ޔުނިޓް’ އިން ކަމަށް އިއުލާނުގައި ވެއެވެ.

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވެނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިްނ އިސްލމިކް މިނިސްތްރިއިން ކަނޑައަޅާފައިވާ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތަތަކެކެވެ. އަދި މި ދަފުތަރަކީ މަދުވެގެން އަހަރަކު އެއްފަހަރު އަޕްޑޭޑްކުރުމަށް ހަމަޖެހިފައިވާ ދަފުތަރެކެވެ.

މިއަހަރު، 2021 ގައި މުދަލު ޒަކާތް ލިބިފައިވާ ފަރާތްތަކަކީ މިއަހަރުގެ ލިސްޓްގައި ހިމެނިފައިވާ ބައެއް ކަމަށް ވާތީ އެފަރާތްތަކުން އަލުން ރަޖިސްޓްރި ކުރަން ހުށަހަޅާކަން ނުޖެހެއެވެ.

ފައިތުވި 2020 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 241 މީހެކެވެ. ފާއިތުވި 2020 ވަނަ އަހަރު، ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ލިސްޓް އަލުން ރިވިއު ކުރިއިރު، ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި 11،514 ފަރާތެއް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވަފައި ވެއެވެ.

ޒަކާތް ދެއްކި މީހުން 2019

ދިވެހިރާއްޖޭ މީހުންގެ އާމްދަނީގެ ނިސްބަތަށް ބަލައި ބައިނަލް އަގުވާމީން މިންގަޑުތަކުން ބަލާއިރު ރާއްޖޭގެ ފަގީރުންގެ ގޮތުގައި ބެލެވެނީ މަހެއްގެ މައްޗަށް 2،220 ރުފި ޔާ ނުލިބޭ މީހުންނެވެ. އެއީ ދުވާލެއްގެ މައްޗަށް 74 ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުންނެވެ. މިއަދަދު ކަނޑައަޅަފައި ވަނީ ފަގީރުކަމުގެ ސާރވޭ 2018، އަށް ބަލަިއގެންނެވެ.

ނަމަވެސް އިސްލާމިކް މިނިސްޓރީން އިން ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ކަނޑައަޅާނީ ދުވާލެއްގެ މައްޗަށް ބޮލަކަށް 40 ރުފިޔާ ނުލިބޭ އާއިލާތަކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !