މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ރޭގައި ބައްދަލުކުރީ ގްރޫޕް 1 ގެ ދެ ޓީމު ކަމަށްވާ ހޯދަޑު ސްޕޯރޓްސް ކްލަބް އާއި އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް ޓީމެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި އަލަށް ހުޅުވި ފުޓްސަލް ކޯޓުގައި ކުރިޔަށްދާ މިމުބާރާތުގައި ރޭގެ ފުރަތަމަ މެޗު 5-0 އިން ކާމިޔާބުކުރީ ހޯދަޑު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ހާފުގައި ހޯދަޑު ޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ. ނަމަވެސް ފަހު ހާފުގައި އިތުރު 4 ގޯލު ކޯމިޔާބުކޮށް ނަތީޖާ 5-0 އަށް ބަދަލުކޮށްލިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯދަޑު ސްޕޯޓްސް ކްލަބް ގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމު އެވެ.

މުބާރާތުގެ ފުރތަމަ މެޗުގެ މޮޅު ކުޅުންތެރިޔާހޯދަޑު ޓީމުގެ ލިރުޣާމު
މިމުބާރާތުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ގުރޫޕް 2 ގެ ދެޓީމު ކަމަށްވާ އެކުވެރި ފުނާޑު އާއި އެކްސްޖޭވީސީ ފުނާޑު އެވެ. މިއީ ފުނާޑު އަވަށަށް ނިސްބަތްވާ ދެޓީމުކަމަށް ވިޔަސް މެޗުގެ ފޯރި ދިޔައީ ވަރަށް ގަދަކޮށެވެ. މިމެޗު 6-2 އިން ކާމިޔާބުކުރީ އެކުވެރި ފުނާޑު ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެކުވެރި ފުނާޑު ޓީމުގެ ކެޕްޓަން، ޖޯޒީ ނަމްބަރު 10 ހަސަން ފިރާގު އެވެ.

މުބާރާތުގެ 2ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އެކުވެރި ފުނާޑު ޓީމުގެ ހަސަން ފިރާގު
މިމުބާރާތުގައި މިރޭ ކުޅޭމެޗުގައި ބައްދަލުކުރާނީ
ގްރޫޕް 1: 19:00ގައި މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދަޑިމަގު ޖޫނިއާސް
ގްރޫޕް 2: 22:00ގައި އެފްސީ ދޫނޑިގަލޯނާ އާއި އެފްސީ ދަޑިމަގު ޓީމެވެ.
މިމުބާރާތުގައި ވާދަކުރާ 8 ޓީމު ވަނީ ދެ ގްރޫޕަށް ބަހާލާފައެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅޫ ދެޓިމެއް ސެމީފައިނަލްގައި ކްރޮސްކޮށް ބައްދަލުކުރުމަށްފަހު މޮޅުވާ ދެ ޓީެމެއް ފައިނަލަށް ދާނެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޯށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށް މުބާރާތުގެ ގަވާއިދުގައި ވެއެވެ.
މިފަހަރުގެ މުބާރާތުގެ ކޯސްޕޮންސާ އަކީ އައިބޭއެވެ.

މުބާރާތް ކުޅެމުންދާ ފުޓްސަލް ކޯޓު
މުބާރާތުގެ މެޗުތައް
1: އެފްސީ ދޫނޑިގަލޯނާ 0 – 5 ޖޫނިއާސް ހޯދަޑު ސްޕޯރޓްސް ކްލަބް
2: އެކުވެރި ފުނާޑު 2 – 6 އެކްސްޖޭވީސީ ފުނާޑު
3: އެފްސީ ދަޑިމަގު ޖޫނިއާސް – މާލެގަން ޔޫތު ފައުންޑޭޝަން
4: އެފްސީ ދޫނޑިގަލޯނާ – އެފްސީ ދަޑިމަގު
ޚިޔާލުތައް