މަދަނީ ޖަމްއިއްޔާތަކަށް ފައިސާގެ އެހީ ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑްކޮމިއުނިޓީ އެމްޕަވާމެންޓް އިން ހުޅުވާލައިފިއެވެ.
މިއީ މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުމަމިއަށް ފައިދާ ހުރި ކަންކަމަށް ޚަރަދުކުރުމަށް ދޫކުރެވޭ ފައިސާގެ” ގަރާން” ހިލޭ އެހީއެކެވެ. މިޕްރޮގްރާމަކީ މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން އެ މިނިސްޓްރީން އާއްމުކޮށް ހުޅުވާލައިގެން ހިންގާ ހަރަކާތެކެވެ.
ޔޫތު މިނިސްޓްރީން ދޭ ހިލޭ އެހީ ހޯދުމަށް ޖަމްއިއްޔާތަކުން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ. އަދި ޕްރޮޕޯޒަލްގައި ހިމަނަން ޖެހޭ މައުލޫތާއި އިރުޝާދުތައް އެކުލެވޭ ލިޔުން އެމިނިސްންޓްރީއިން ވަނީ އާއްމުކޮށްފައެވެ.
މަދަނީ ޖަމްއިއްޔާތަކަށް ދޫކުރާ އެހީ ހޯދުމަށް މި ފެބްރުއަރީ މަހު 21 ވަނަ ދުވަހުގެ މެންދުރު ފަހު 1:00ގެ ކުރިން grant@youth.gov.mv އަށް ހުށަހަޅަން ޖެހެއެވެ. މިމަޝްރޫއުގެ ދަށުން ކޮންމެ ޖަމްއިއްޔާއަކަށް ވެސް ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައި ވަނީ 300،000 (ތިން ލައްކަ) ރުފިޔާ އެވެ.
މަދަނީ ޖަމްޢިއްޔާތަކަށް ދެވޭ ފައިސާގެއެހީއަށް އެދި ހުށަހެޅާ ޕްރޮޕޮޒަލްގެ މައުލޫމާތު ލިންކް.
އެހީ ހޯދުމަށް ހުށަހަޅާ ޖަމްއިއްޔާ އާއި ބެހޭ މައުލޫމާއި، ހިންގާ މަޝްރުއޫ ނުވަތަ ހަރަކާތުގެ މައުލޫމާތު، ހަރަކާތުގެ މަގުސަދާއި ހާސިލުކުރަން ބޭނުންވާ މިންވަރާއި އެކަމުގެ ޕްލޭން ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން މަޝްރުއޫގެ އެކި ކަންކަމަށް ހިނގާނެ ޚަރަދުގެ ތަފުސީލާއި އެހަރަކާތެއް ދިގު މުސްތަގުބަލަކަށް ދެމިގެންދާނެ މިންވަރާއި އެހަރަކާތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި، މަޝްރޫއު ނުވަތަ ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި ހުރި ގުޅުން ބަޔާން ކޯސްދޭނެ ޖެހެއެވެ.
އެގޮތުން އެހީ ހޯދުމަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް ވަޒަންކުރާނެ މިންގަނޑެއްވެސް އިރުޝާދާއެކު ހިމަނާފައި ވެއެވެ.
ޕްރޮޕޯޒަލް ހުށަހަޅާ އިރު ޖަމްއިއްޔާގެ ރަޖިސްޓްރީ ކޮޕީއާއި ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާއިފައި ވާކަމުގެ ލިޔުމާއި، މަޝްރޫއާއި ހަވާލުވާ ފަރާތުގެ އައިޑީކާޑުކޮޕީ ހުށަހަޅަން ޖެހެއެވެ.
ޚިޔާލުތައް