ފުވައްމުލަކު ސިޓީ ކައުންސިލުން ފުވައްމުލަކުގެ ރައްޔިތުންނާއި އެކު ބާއްވާ އާއްމު ބައްދަލުވުމުގެ ނޯޓިސް މިއަދު ނެރެފިއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ، 28 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ ރޭ، 8:30ގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައިއެވެ. މިބައަދްލުވުން ވެސް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަހު 31 ވަނަ ދުވަހު ސިޓީ ކައުންސިލުން ނެރެފައިވާ ނޯޓިސްގައި ވާ ގޮތުން ރޭ އާއްމު ބައްދަލުވުމެއް ބޭއްވުމަށް ތާވަލް ކުރެވިފައި ވެއެވެ. ނަމަވެސް އެބައްދަލުވުން ބޭއްވިފައިވާކަން އެނގޭކަށް ނެތެވެ. އަދި އެބައްދަލުވުން ލަސްވި ކަން އާއްމުކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުން މާދަމާ ރޭގައި ކުރިޔަށް ގެންދާނީ އެބައްދަލުވުމެވެ.
ކުރިން ތާވަލުކުރި ބަދައްލުވުމުގައި ވަނީ ފާއިތުވި 2021 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލްގެ ހަރަކާތްތަކާއި، މާލީ އަދި އޯޑިޓް ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުމަށް އާއްމު ބައްދަލުވުމެއް ބޭއްވުމަށެވެ.
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާގޮތުން ސިޓީ ކައުންސިލުން ރައްޔިތުންނާއި މައުލޫމާތު ހިއްސާކުރުމަށް އަހަރަކު ދެފަހަރު (ފެބްރުއަރީ އަދި ޖުލައި) އާއްމު ބައްދަލުވުން ބާއްވަން ޖެހެއެވެ. އަދި އެބައްދަލުވުންތައް ބޭއްވުމުގެ 7 ދުވަސް ކުރިން ނޯޓިސް ނެރެން ޖެހެއެވެ. މިބައްދަލުވުމުގެ ނޯޓިސް 10 ދުވަސް ކުރިން (13 ފެބްރުއަރީ 2022ގައި) އާއްމުކޮށްފައި ވެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ފުވައްމުލަކުގެ ރައްޔިތުންގެ އާއްމު ބައްދަލުވުމަކަށް ހުޅުވާލައިފިއެވެ. މިބައްދަލުވުން ބެއްވުމަށް ހަމަޖެހިފައި ވަނީ މިރޭ، 5 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ ރޭ، 8:30ގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައިއެވެ.
މިބައްދަލުވުމުގެ ބޭނުމަކީ ފުވައްމުލަކު ސިޓީ ކައުންސިލުގެ، މިއަހަރުގެ (2020 ވަނަ އަހަރުގެ) މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުމުގެ ގޮތުން ރައްޔިތުންނާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާގޮތުން ސިޓީ ކައުންސިލުން ރައްޔިތުންނާއެކު ބާއްވަން ޖެހޭ އާއްމު ބައްދަލުވުން (އަހަރަކު ދެފަހަރު ފެބްރުއަރީ އަދި ޖުލައި) ބާއްވަން ޖެހެއެވެ. އަދި އެބައްދަލުވުންތައް ބޭއްވުމުގެ 7 ދުވަސް ކުރިން ނޯޓިސް ނެރެން ޖެހެއެވެ. މިފަހަރުގެ ނޯޓިސް އާއްމު ކުރެވިފައި ވަނީ 6 ދުވަސް ކުރިން (30 ޑިސެމްބަރު 2019ގައި) ނެވެ. ސިޓީ ކައުންސިލުން ނެރޭ ނޯޓިސްތަކުގައި ބައެއްފަހަރު ނޯޓިސް ނެރޭ ތާރީޚު ލިޔެފައި ނުހުންނަކަން ފާހަގަ ކުރެވެއެވެ.
ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ގާނޫނުން ލާޒިމުކުރާ ފެބުރުއަރީ އަދި ޖުލައި މަހުގެ ބައްދަލުވުމުގެ ނޯޓިސް އާއި އެ ބައްދަލުވުމުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ ފާއިތުވި އަހަރު ސިޓީ ކައުންސިލް ހިންގި ގޮތުގެ އަހަރީ ރިޕޯރޓާއި މާލީ ރިޕޯރޓް އަދި އޯޑިޓް ރިޕޯރޓް ވެސް ބައްދަލުވުމުގެ 7 ދުވަސް ކުރިން އާއްމު ކުރަން ޖެހެއެވެ.
ޖުލައި މަހުގެ ބައްދަލުވުމުގައި ކުރަން ޖެހޭކަމަށް ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނަނީ:
“އަދި ޖުލައި މަހުގެ ބައްދަލުވުމުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަން ވާނެއެވެ.”
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާ
މިމާއްދާގައި އިތުރަށް ބުނެފައި ވަނީ “މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެ މަހުން އެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަން ވާނެއެވެ”.
ޚިޔާލުތައް