A wide advertisement which will be shown on all devices. (700 x 100)

ޝަހީދުންގެ ދުވަހަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތުގެ ކްއިޒު މުބާރާތް އެފްއެސް އިން ކާމިޔާބުކޮށްފި

މިއަހަރުގެ ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ތަކުގެ މެދުގައި ރޭ ބޭއްވި ސުވާލާއި ޖަވާބު މުބާރާތް ފުވައްމުލަކު ސްކޫލް (އެފްއެސް) އިން ކާމިޔާބުކޮށްފިއެވެ. މިހަރަކާތަކަކީ މިއަހަރުގެ ޝަހީދުންގެ ދުވަސް ފުވައްމުލަކުގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމުމާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ޝަހީދުންގެ ދުވަސް ނިސްބަތްވަނީ މާތްވި އިސްލާމް ދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި، ޝަހީދުވެ ވަޑައިގެންނެވި އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. މިދުވަހަކީ ހިޖުރީ ކަލަންޑަރަށް ބަލައިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެހެންކަމުން، މިއަހަރުގެ ޝަހީދުންގެ ދުވަސް ދިމާވަނީ މާރިޗު މަހު 4 ވާ ހުކުރުދުވަހަށެވެ.
+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !