A wide advertisement which will be shown on all devices. (700 x 100)

މާލެގަން ފުޓަސަލް ޓީމު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

މާލެ ސިޓީގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގައި ވާދަކުރާ ފުވައްމުލަކު ސިޓީގެ މާލެގަން ސްޕޯޓްސް ކްލަބްގެ ފުޓްސަލް ޓީމުން އެޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. ރޭ ހުޅުމާލޭގެ ރެހެންދި ސްކޫލު ޖެހިގެން އޮތް ފުޓްސަލް ކޯޓުގައި ކުރިއަށް ދިޔަ މިމެޗު މާލެގަން ޓީމުން ކާމިޔާބުކޮށްފައިވަނީ 2-3 ލަޑުންނެވެ. މިމެޗުގެ މި މެޗްގެ އެންމެ މޮޅުކުޅުންތެރި އަކީ މާލެގަން ޓީމުގެ ޖޯޒީ ނަމްބަރު 7 އަޖުމަލް އަހުމަދެވެ.
ގްރޫޕް ސްޓޭޖް ގެ މިމެޗު މާލެގަން ޓީމުން ކާމިޔާބުކުރީ ސ.ފޭދޫ ޓީމާއި ވާދަކޮށެވެ. މިމެޗު ފެށިގެން ފުރަތަމަ ހާފް ނިމެން 7 މިނިޓަށްވެފައިވަނިކޮށް މެޗުގެ ލީޑު ފުރަތަމަ ނެގީވެސް މާލެގަން ޓީމުންނެވެ. މިލަޑު މާލެގަން ޓީމަށް ކާމިޔާބުކޮށްދިނީ މާލެޓީމުގެ ޖޯޒީ ނަމްބަރު 17 ނާހުއެވެ. މާލެގަން ޓީމުން މިމެޗުގެ ލީޑު ފުޅާކުރާ މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ލިބުނު ހިލޭޖެހުމަކުން ޖޯޒީ ނަމްބަރު 10 ވިއްޓޫ އެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓްތެރޭ ފޭދޫ ޓީމުން ލަޑެއްޖަހާ ލީޑު ހަނިކުރިއެވެ. އެއަށްފަހު މެޗު ނިމުން 12 މިނިޓަށްވެފައި ވަނިކޮށް އަނެއްކާވެސް ފޭދޫ ޓީމުން ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މާލެގަން ޓީމުކޮޅަށް ނަތީޖާ އަބުރާލީ މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ރީބައުސަކަށްއަރާ ފޮނުވާލި ހަމަލާއަކުން ޖޯޒީ ނަމްބަރު 12 ރާއީއެވެ.
+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !