A wide advertisement which will be shown on all devices. (700 x 100)

ޔޫސީމާސް ފުވައްމުލަކުގެ މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޔޫސީމާސް ފުވައްމުލައް އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ފުވައްމުލަކުގައި ދިރިއުޅޭ ކުޑަކުދިންގެ ހިތްތަކުގައި ދީނަށް ލޯބި ޖެއްސުމާއި ހުށަހެޅުމުގެ ހުނަރު ކުޑަކުދިންގެ ގައިގައި އަށަގެންނުވުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި މަދަހަ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަދަހަ ޕްރޮގްރާމްގެ ޓައިޓަލް ސްޕޮންސަރ، މެއިން ސްޕޮންސަރ، ކޯ ސްޕޮންސަރގެ ގޮތުގައި މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ އޮންލައިން ކޮށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވުމާއެކު މުބާރާތުގެ ހުރިހާ ވީޑިއޯ ތައް ޔޫސީމާސް ފުވައްމުލަކުގެ ފޭސްބުކް ޕޭޖް އަދި އިންސްޓަރ ގްރާމް އެކައުންޓްގައި އާންމު ކުރެވޭނެއެވެ.

މި މަދަހަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކުން ގޫގުލް ފޯމަށް ވަދެވޭނެއެވެ. އަދި މުބާރާތުގެ ގަވައިދު އެ ފޯމުން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ޔޫސީމާސް ފުވައްމުލަކުގެ ފޯން ނަންބަރ 7972103 ، 9682090 އާއި ގުޅުއްވުން އެދެމެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 6:00 ނިޔަލަށެވެ. ވީޑިއޯ ފޮނުވުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !