ފުވައްމުލައް ސިޓީއިން ސިޔާސީ ޕާޓީތަކަށް ބިން ދޫކުމުރުގެ އުސޫލު މިއަދު ސަރުކާރު ގެޒެޓްުގައި ޝާއިއުކޮށް، އާއްމުކޮށްފިއެވެ.
މިއުސުލުގައި ވާގޮތުން މިއީ ދިވެހިރާއްޖޭގައި ރަޖިސްތްރީކުރެވިގެން ހިންގާ ސިޔާސީ ޕާޓިތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދޫކުރެވޭ ބިމެކެވެ. އެގޮތުން ދޫކުރެވޭ ބިމުގައި އެޕާޓީއެއްގެ އިދާރީ އޮފީސް، ޕާޓީ ހަރުގެ ނުވަތަ ޖަގަހަ ހަދައި ހިންގޭނެވެ.
ފުވައްމުލައް ސިޓީއިން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 30،000 (ތިރީސް ހާސް) މީހުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން ރާއްޖޭގައި ރަޖިސްތްރިެވަފއުވާ 11 ސިޔާސީ ޕާޓީގެ ތެރެއިން 30ހާސް މީހުން ހަމަވާނީ އެމްޑީޕީ އާއި ޕީޕީއެމްގައި އެކަންޏެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) – 54،660 މެމްބަރުން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވސް (ޕީޕީއެމް) – 34،237 މެމްބަރުން
ޖުމްހޫރީ ޕާޓީ (ޖޭޕީ) – 20،107 މެމްބަރުން
އަދާލަތު ޕާޓީ (އޭޕީ) – 10،554 މެމްބަރުން
ސިޔާސީޕާޓީގެ ހަރަކާތްތައް ހިންގުމަށް ބިން ހޯދުމަށް އެދި ފުވައްމުލައް ސިޓީ ކައުންސިލްގައި އެދުމުން، ބިން ދޫކުރާނެ ތަނަކާއި، ބިމުގެ ބޮޑުމިން ކަނޑައަޅާނީ ފުވައްމުލައް ސިޓީ ކައުންސުލަށް ހުށަހަޅައި ކައުންސިލްގެ ރަސްމީ ޖަލްސާއެއްގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެގޮތުން ދޫކުރުމަށް ކަނޑައަޅާ ބިމުގެ އެންމެ ބޮޑުމިނަކީ 2،500 އަކަފޫޓެވެ. އަދި ބިމުގެ އަކަފޫޓަކަށް 25 ލާރި (0.25 ރުފިޔާ) އަށް ވުރެ ކުޑަނުވާ ކުށްޔެއް ދައްކަން ޖެހެއެވެ. އެރޭޓުން ބަލާނަމަ އެއީ 2500 އަކަފޫޓުގެ ބިމަކަށް މަހަކު 625 ރުފިޔާއެވެ. އަދި ކޮންމެ 5 އަހަރަކުން ބިމުގެ ކުލި މުރާޖާކުރަން ޖެހެއެވެ.
އެގޮތުުން ދޫކުރެވެ ބިން ވަކިކުރެވޭނެ ކަމަށް ވަނީ ޕާޓީ އުވާލުމާއި، އަމިއްލައަށް ބިން ދޫކޮށްލުމަށް އެދިގެންނާއި ބިން ދޫކުރި ބޭނުން ނޫން ކަމެއްގައި ބޭނުންކުރުމާއި، ޕާޓީގެ ދަފުތަރުގެ ދަށްވެ އެކަން އަންގައި 6 މަސްދުވަހުގެ ތެރޭގައި އަދަދު 30000 އަށް ހަމަނުކުރެވުމެވެ. ޕާތީގެ ދަފުތަރުގެ ގޮތުގައި ބަލަނީ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެޕާޓީއެއްގެ ދަފުތަރެވެ. މީގެ އިތުރުން ގާނޫނާއި ގަވާއިދާއި ޚިލާފުކަންތައްތައް އެތަނެއްގައި ކުރުމާއި ބިން ހަވާލުކުރާތާ 6 މަސްދުވަހުގެތެރޭގައި އަމަލީމަސައްކަތް ނުފާށާނަމައެވެ.
ސިޔާސީޕާޓީތަކަށް ދޫކުރެވޭ ބިމެއް އަނބުރާ އަތުލެވޭ ހިނދު، އެބިމަކަށް އެހާހިސާބަށް ކޯށްފައިވާ އެއްވެސް ޚަރަދަކަށް ބަދަލުނުލިބޭނެ ކަމަށާއި އެތަނުގައި ހަދާފައިވާ އިމަރާތްތަކާއި ނުއުފުލޭ ހުރިހާ މުދަލެއް ސިޓީ ކައުންސިލަށް ބަދަލުކުރެވޭނެކަމަށް ގަވާއިދުގައި ވެއެވެ.
ޚިޔާލުތައް
ރައްޔިތުންނަށް ދިރިއުޅެން ބިން ދޭންވީމާ ބިމެއް ނެތް އެކަމަކު ސިޔާސީ ޕާޓީތަކަށްދޭން ބިން އެބައޮތް. ބޯހަލާކު