ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ އަމާން ފެށީގައި ދިރިއުޅޭ ކުދިންނަށް ޚާއްސަ ރޯދަވީލުމެއް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ދެއްވައިފިއެވެ. އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް ރޯދަވީއްލުން ކުރިއަށް ގެންގޮސްފައިވަނީ ދެދުވަހަކަށް ބަހާލައިގެންކަމަށް މޭޔަރު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

މޭޔަރު ދެއްވި މިރޯދަވީއްލުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއިއެކު ގިނަ ފަރާތްތަކުން ދަނީ އެކަމަށް ހިތްވަރު ދެއްވަމުންނެވެ. އެޚަބަރަކީ “ރާއްޖެ އައި ތަނުން ލިބުނު އެންމެ އުފާވެރި ޚަބަރު،” ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު އެ ވާހަކަ ހިއްސާކުރެއްވުމުން ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވިދާޅުވެފައިވެ އެވެ. ފަސްޓް ލޭޑީ ރޭ މާލެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައިރޮއިޑް އޮޕަރޭޝަން ކުރެއްވި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ، ހަތަރު ދުވަހުގެ ދަތުރުފުޅަކަށް ފަހު އެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފަޒޫ ވަނީ ހުޅުމާލެ ފިޔަވަތީގައި ތިބި ކުދިންނަށް މުލީއާގޭގައި ރޯދަ ވީއްލުމެއް ބާއްވަވައިފަ އެވެ.
ފުވައްމުލަކުގައި ގާއިމްކޮށްފައިވާ އަމާން ހިޔާއަކީ ކުޑަކުދިންގެ ހިޔާގައި ތިބިކުދިންނަށް މިނވަން އާއިލީ މާހައުލެއް ހޯދައިދިނުމަށް މިސަރުކާރުން ގާއިމުކުރިތަކެވެ. ފުވައްމުލަކު އަމާން ހިޔާގައި ދިރިއުޅެނީ، ކުރިން މާލެ ސަރަހައްދުގައި ތިބިކުދިން އެފަދަ ހިޔާތައް ރާއްޖޭ ތެރޭގެ ގާއިމުކުރުމަށްފަހު ފުވައްމުލަކަށް ބަދަލުކުދިންނެވެ. އަމާން ހިޔާތަކަށް ބަދަލުކުރި ކުދިންނަށް ކުރިއާ ހިލާފަށް މިނިވަންކަން ބޮޑެވެ. އެހެން ކުދިންނާ އެކު ސްކޫލްގައި އުޅެވުމާއި މީހުންނާ ބައްދަލުވުމާއި މޫދަށް ދިއުން އަދި ފުޓްބޯޅަ ކުޅެން ދިއުމާއި އެ ރަށެއްގެ އާއިލާތަކާ އެކު އުޅުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.
އަމާން ހިޔާތަކަށް ބަދަލުކުރި ކުދިންނަށް ކުރިއާ ހިލާފަށް މިނިވަންކަން ބޮޑެވެ. އެހެން ކުދިންނާ އެކު ސްކޫލްގައި އުޅެވުމާއި މީހުންނާ ބައްދަލުވުމާއި މޫދަށް ދިއުން އަދި ފުޓްބޯޅަ ކުޅެން ދިއުމާއި އެ ރަށެއްގެ އާއިލާތަކާ އެކު އުޅުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.



ޚިޔާލުތައް