އަންނަ ހޮނިހިރު ދުވަހު (23 އޭޕްރީލް 2022) ހަވީރު ފުވައްމުލައް ސިޓީ ބަނދަރު ތެރެ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ބަނދަރު ސާފުކުރުމުގެ މަސައްކަތް ކުރާނީ މަންތާ ޓްރަސްޓް އާއި ފުވައްމުލައް ސިޓީ ޑައިވިން ސްކޫލްތަކާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:30 އޮިން 5:30 އަށެވެ. ބަނދަރު ސާފުކުރުމުގެ މަސައްކަތް ކުރާއިރު ބަނދަރަށް ވަދެ ނިކުމެ އުޅޭ އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

ފުވައްމުލަކު ބަނދަރު ކުނިން ފުރިފައި – ފޮޓޯ އަފްރާޙް މުހައްމަދު – 2018
ބަނދަރު ސާފުކުރުމަކީ ހަމައެކަނި ބަނދަރުގެ ދިޔަވަރުމަތީ ހުންނަ ކުނިބުނިތައް ސާފުކުރުން އެކަންޏެއް ނޫނެވެ. އެކިގޮތްގޮތުން ބަނދަރުގެ އަޑިއަށް ފެތިފައިވާ ތަކެތި ވެސް ނަގާ ސާފުކުރުން ޖެހެއެވެ.
މީގެ ކުރިން ފުވައމްުލަކު ބަނދަރު ސާފުކުރިކަން އެނގެން އޮތީ 2019 ވަނީ އަހަރު ފުވައްމުލަކު ޑައިވް ސްކޫލްގެ ފަރާތުން އެކަންޏެވެ. ނަމަވެސް ބަދަރު ތިލަވެގެން ބަނދަރުގެ އަޑިން ވެލިނަގައި އެތައްފަހަރަކު ފުންކޮށްފައި ވެއެވެ.
އެހެން ބަނދަރު ތަކެކޭ އެއްގޮތަށް ފުވައްމުލަކު ބަނދަރަށް ވެސް ވަދެ ނުކުމެ ހަދާ އުލަނދުފަހަރާއި އަދި ބަނދަރު ބޭނުންކުރާ މީހުން އަތުން ދޫވެގެން އަޑިއަށް ގޮސްފާއިވާ ތަފާތު އެއްޗެހީގެ ސަބަބުން ބަނދަރު ތިލަވުމާއި އެނޫން ވެސް މައްސަލަތައް ދިމާވެއެވެ.

ފުވައްމުލަކުގެ ބަނދަރަށް ވެލި އެޅި ތިލަވުމުގެ ސަބަބުން ބަނދަރު ބޭނުންކުރަމުންދާ އުޅަނދުފަހަރުތަކަށް ދަތިވާތީވެ، އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއެކު ކުރެވުނު ބަނދަރު ފުންކުރުމުގެ މަސައްކަތް 2021 ޖޫން 21
ވުމާއިކު ބަނދަރުތައް ސާފުކުރުމަކީ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ތާވަލް ކުރެވިގެން ކުރެވޭ ކަމަކަށް ހަދަ ޖެހެއެވެ.


ޚިޔާލުތައް