A wide advertisement which will be shown on all devices. (700 x 100)

ޒަކަރިއްޔާ މަންސޫރުގެ މައްސަލަބަލަން ޖެހޭކަމަށް ޑރ އިޔާޒު ވިދާޅުވެއްޖެ

ފަތުވާ ދިނުމުގެ ހުއްދަނެތި ޢާއްމުންގެ ތެރޭގައި ދީނުގެ ޙުކުމެއް އޮޅޭގޮތަށް އަދި މުޖްތަމަޢުގައި ފިތުނަ ފަސާދައުފެދި ބައިބައިވުން އުފެދިދާނެފަދަ ގޮތަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންޞޫރު އަމަލުކޮށްފައިވާތީ އެމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

“ފަތުވާ ދިނުމުގެ ހުއްދަނެތި ޢާއްމުންގެ ތެރޭގައި ދީނުގެ ޙުކުމެއް އޮޅޭގޮތަށް އަދި މުޖްތަމަޢުގައި ފިތުނަ ފަސާދައުފެދި ބައިބައިވުން އުފެދިދާނެފަދަ ގޮތަކަށް ޒަކަރިއްޔާ މަންޞޫރު ޢަމަލުކުރައްވާފައިވާތީ އެމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ.” ކަމަށް ޑރ. އިޔާޒު ކުރެއްވި ޓްވީޓްގައިވެއެވެ.

ޑރ. އިޔާޒު މިމޭރުމުން ޓްވީޓް ކުރައްވާފައިމިވަނީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހަރުކަށި ފިކުރާއި ގުޅުވައިގެން ދެއްކެވި ކަމަށްބުނާ ވާހަކަތަކެއްގެ ލީކުވި އޯޑިއޯއާއި ގުޅިގެނެވެ. އެއޯޑިއޯގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވަނީ މަދުވެގެން 50 ސުކޫލުގައި މިހާރުވެސް ހެނދުނުގެ އެސެމްބްލީ ނުބޭއްވެއެވެ. އެ ސުކޫލުތަކުގައި ގައުމީ ސަލާމާއި ސުކޫލު ލަވައެއް ނުޖެހޭ ކަަމަށާއި އެކަން އެހެން ވަނީ މިއުޒިކު ހަރާމް ކަމަށް ބަޔަކު ބުނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ސުކޫލުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދު ނުހިނގާ ކަމަށެވެ. އެކަން އެހެން ނުވަނީ ބެލެނިވެރިން ނޫނީ ސުކޫލުތަކުގެ ޓީޗަރުންގެ ބާރުގައި ކަމަށެވެ.

މިއުޒިކަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއްކަމަށާއި އެއާއިނުލާ އުޅެން ދަސްކުރަންޖެހޭކަމަށްވެސް ޑރ. އިޔާޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !