އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް ދިވެހިރާއްޖެއިން އެކުލަވާލި ގައުމީ ކަސްރަތު ސްކޮޑުގައި ފުވައްމުލަކު އެތުލީޓެއް ހިމެނިއްޖެއެވެ. ފުވައްމުލަކުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ގައުމީ ކަސްރަތު ސްކޮޑުގައި ހިމެނިފައިވަނީ މިދިޔަ މާރޗް މަހު ނިމުނު މަކިޓާ 8 ވަނަ މަކީޓާ އެޓޯލް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ފާހަގަކުރެވުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހިމް އަޝްފާން އަލީއެވެ.
އަޝްފާނާއިއެކު މި ސްކޮޑުގައި ހިމެނެނީ ޖުމްލަ 11 އެތުލީޓުންނާއި 4 އޮފިޝަލުންނެވެ. މިޓީމު މިރޭ ފުވައްމުލަކަށް ފުރާނެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ ރީޔުނިއަން އައިލެންޑްގައެވެ.
+1
+1
ޚިޔާލުތައް