ފުވައްމުލަކު ސިޓީ އުފެދުމުގެ ކުރިން އޮތް އަވަށުކައުންސިތަކުގެ ތެރެއިން ފުނާޑު ކައުންސިލުގެ ކުރީގެ ރައިސް އަލީ ވަސީމް ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ގޭގައި އުޅުއްވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކުއްލިގޮތަކަށްކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
އަލީ ވަސީމް ފުނާޑު ކައުންސިލްގެ ރައީސްގެ މަގާމު ދެދައުރަކު ފުރާފައިވެއެވެ. އަލީ ވަސީމަކީ މީހުންނާއި ގުޅޭ ހިތްހެޔޮ މީހެއްކަމަށް އަލީ ވަސީމުގެ ގާތް އެކުވެރިން ހާމަކުރެއެވެ.
+1
+1



ޚިޔާލުތައް