A wide advertisement which will be shown on all devices. (700 x 100)

ހޭޒް؛ ހުއްޓެމުން ކޮރަމުން ހިނގަމުން އަނެއްކާވެސް ގަދަ ވިދުމަކަށް

ޕްރިންސިޕަލަކު ހަރުނުލައިގެން ދެއިރު ދެދަޅަޔަށް ޕްރިންސިޕަލުން ބަދަލުވަމުން ކޮރަމުން ހުއްޓެމުން ހިނގަމުން އައި ޙާފިޘް އަޙްމަދު ސްކޫލުގެ ކުރިމަގު މީގެ ކުރިން އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ. އެހެން އޮއްވައި ސްކޫލުގެ ވޭތުވެދިޔަ އަހަރުގެ އޯލެވެލް ނަތީޖާއާއެކު އަނެއްކާވެސް ސްކޫލުގެ ވިދުން ލިބި ސްކޫލާ ދޭތެރޭ މީހުން ދެކެމުން އައިގޮތް ބަދަލުވާން ފަށައިފިއެވެ. ފުވައްމުލަކުގެ ހުރިހާ ސްކޫލްތަކުގެ ތެރެއިން އޯލެވެލްގެ އެއްވަނަ ސްކޫލަކަށް މި ސްކޫލް ހޮވިފައިވަނީ އެހެން ސްކޫލްތަކާ ބޮޑު ތަނުން ތަފާތު ނަތީޖާއަކުންނެވެ. 5 މާއްދާއަކުން 100% ފާސް ހޯދާފައިވާއިރު 2 މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުންވެސް 80% އަށްވުރެ މަތިން ފާސްވެފައިވެއެވެ. ބިޒިނަސްގެ ހުރިހާ މާއްދާއަކުން 100% ފާސްވެފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ހޭޒްގެ ބިޒިނަސް ހުރިހާ މާއްދާއަކުން 100އިންސައްތަ ފާސްވެފައިވާތީ ޓީޗަރުންނަށް ތަހުނިޔާ ކިޔައި ހަދައިފައިވާ ޕޯސްޓަކަށް އެޑިޔުކޭޝަން މިނިސްޓަރު ތަހުނިޔާ ވިދާޅުވެފަ

ކޮންމެ އަހަރެއް ފެށޭއިރުވެސް އެންމެ މޮޅެތި ދަރިވަރުން އޭއީސީއަށް ބަދަލުވުމުގެ ސަޤާފަތެއް އޮންނަ މި ރަށުގައި، ސްކޫލްގައި މަޑުކުރި ކުދިންކޮޅާއެކު މިހައި މަތީ ޝަރަފެއް ހޭޒުން ހޯދާފައި މި ވަނީ ފާއިތުވި އަހަރުގެ ނަތީޖާގައި ރަށުގެ ސްކޫލްތަކުގެ އެންމެ ފުލުގައި އޮތުމަށްފަހު އެވެ. އެންމެ އަހަރެއްގެ ތެރޭގައި މިފަދަ ކާމިޔާބީއެއް ލިބިގެންދިޔުމުގައި ތަފާތު ސަބަބުތަކެއް ވެއެވެ. ސްކޫލްގެ ކަންތައް ހުރި ނެތް ގޮތް ބަލައިލުމަށްޓަކައި ކުރި މަސައްކަތުން އެނގުނު އެންމެ ހައިރާންކުރުވި ކަމަކީ އޯލެވެލް ނިންމި މި ބެޗަކީ މޮކް ޓެސްޓާ ހަމަޔަށްވެސް މާ ރަނގަޅު ނަތީޖާތަކެއް ހޯދި ބެޗެއް ނޫންކަމެވެ. ކިރިޔާ ފާސްވާ ނުވާވަރުގެ ބެޗެއް ކަމެވެ.

ކަންތައް މިހެން ހުރުމުން ސްކޫލާ އަލަށް ޙަވާލުވި ޕްރިންސިޕަލް އިމްތިހާޒް އަޙްމަދާއި ސެކަންޑްރީގެ ލީޑިންގ ޓީޗަރ މަސައްކަތް ބައްޓަންކުޅައީ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށާއި ދަރިވަރުންގެ އަޑު އަހައި އެ ދަރިވަރުން ބޭނުންވާފަދަ މާހައުލެއްގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. ދެން ބެލެނިވެރިންގެ އަޑުއަހައި ބެލެނިވެރިންނާ ޓީޗަރުންގެ ގުޅުން ރަނގަޅުކުރުމަށެވެ. މި ގޮތުން ރޭވިގެންދިޔަ ރޭވުންތަކާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ވަރަށްވެސް ރަނގަޅެވެ. ޕްރިންސިޕަލާއި ލީޑިންގް ޓީޗަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ މެދުގައި ގުޅުން ރަނގަޅުވެ ވަރުގަދަވިއެވެ. ހާއްސަކޮށް ދަރިވަރުންނާއި ޓީޗަރުންގެ ގުޅުން ފާހަގަ ކުރެވެއެވެ. ސެކަންޑްރީ ބެލެނިވެރިއެއްގެ ބަހެއް ހޯދާލުމުން ބުނެފައިވަނީ ދަރިވަރުންނަކީ އަމިއްލަ ދަރިންކަމުގައި ޓީޗަރުން ދެކޭ ކަމަށެވެ.

އޯލެވެލެލް ހެދި ދަރިވަރެއްގެ މަންމަގެ ހިތުގެ ޝުޢޫރު (ފޭސްބުކުން ނަގައިފައި)

ބަންދު ދުވަސްތަކުގަޔާއި، ރޯދަމަހުގެވެސް ގިނަ ވަގުތު ގްރޭޑް 10ގެ ދަރިވަރުން ހޭދަކުރީ ޓީޗަރުންނާއެކު ސްކޫލުގައެވެ. ސަބަބަކީ ގޭގައި ދަރިވަރުން ކިޔަވަންޖެހޭ ވަގުތުތައްވެސް ޓީޗަރުންނާއެކު ހޭދަކުރުވުމަށް ޓީޗަރުން ބޭނުންވެފައި ވާތީއާއި އެކަމަށް ބެލެނިވެރިންވެސް އެއްބާރުލުން ދިނީކަމަށް ބެލެނިވެރިން ބުނެއެވެ. ބެލެނިވެރިންގެ ނަޒަރުގައި ދަރިވަރުން ގޭގައި ކިޔަވަންޖެހޭ މިންވަރަށް ކިޔެވުމަށް މަސައްކަތް ނުކުރެވޭތީ ކިތަންމެ ގިނަ ފަހަރަކު ކިތަންމެ ހޫނުގައި ދަރިވަރު ގެންދަން ޖެހުނުއިރުވެސް އެކަން އެއްވެސް މައްސަލައަކަށް އުނދަގުލަކަށް ނުވެއެވެ. ސެކަންޑްރީ ލީޑިންގ ޓީޗަރުގެ މަސައްކަތް ފާހަގަކޮށް ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ޕްރިންސިޕަލާއި ޓީޗަރުން ވެސް ވާހަކަ ދައްކާފައިވެއެވެ. ޑެޕިޔުޓީ ޕްރިންސިޕަލެއްވެސް ނެތި ވެއްޓެމުން ހުއްޓެމުން އައި ސްކޫލުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ އައު ޕްރިންސިޕަލާއި ލީޑިންގ ޓީޗަރުގެ ރޭވުންތެރިކަމާއެކު ކުޅަ ޢަމަލީ މަސައްކަތުގެ ނަތީޖާ ނިހާޔަތަށް ފޮންޏެވެ. ވިދުން ގަދަ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ކުރިން ފިޔަޖަހަމުން އައި ޙާފިޡް އަޙްމަދު ސްކޫލް ސެކަންޑްރީގައިވެސް މިހެން ކާމިޔާބު ލިބި، ކާމިޔާބު ދަމަހައްޓާ ސްކޫލެއްގެ ގޮތުގައި ވުމަކީ ފުވައްމުލަކުގެ ވަރަށް ގިނަ ބައެއްގެ އުއްމީދެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Thee goofaali. Subject akun 1 koodhaku baiveri kon 100% ae. Faas niven nen koodhun baiveri niko. Thihai mulhu ehthen na top 10 e as etheh koodhun eh himenen nen thaa 😂

  • Anonymous

    ހަގٍގަތަކٍ ތިސުކٌލުން މިފަހަރު އޯލެވެލް ހެދٍ 14 ކުދިން ކަމެވެ. އޭގެތެރެއިން ތިޔަ ބުނً 100% ހޯދި މًއްދًތައް ހެދٍ 3 ނުވަތަ 4 ކުދިންނެވެ. ދެން ކޮން ތަނަކުން ކًކުދٍގެން އުޅޭ އެއްވަނައެއްތަ ތީ؟ އަޖައިބެއް ފަހެ ނުވًނެތަ؟ ތިޔަ މޮޅު ސުކٌލުގެ ގަދަ ދިހައެއްގެ ވًހަކަ ނުލިޔުނٍ ކٍއްވެބً؟