ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް ޏ.ފުވައްމުލައް، މާލެގަން، މެލޯ މިޢްވާން މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ފުވައްމުލަކު މާލެގަން ކޮތަންގޭ މުހައްމަދުގެ މިއުވާން މިމަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައެވެ.
މިއުވާން މުޙައްމަދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މަބްރޫކް ޢަޒީޒް އިސްތިޢުފާ ހުށަހެޅުއްވުމާއިގުޅިގެންނެވެ.
މިއުވާން އަކީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ޙާޞިލްކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ. މިއުވާން ވަނީ މީގެ ކުރިން ސަންގު ޓީވީ އާއި ރާއްޖެޓީވީގައި މަސައްކަތްކުރައްވާފައެވެ.
ޚިޔާލުތައް