ފުވައްމުލައް ސިޓީ އެތެރޭގެ އެތެރޭގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިއަދު ފިނިވާމަގުގައި ތާރު އަޅާ ނިންމާލައިފިއެވެ. މިހާރު ތާރުއެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ އޯކިޑުމަގުގައެއެވެ.
މިއަދު ފިނިވާމަގުގައި ތާރުއެޅުން ނިންމާލިއިރު، 5 ދުވަހު ތާރުއަޅައިގެން ނިންމާލެވިފައި ވަނީ 1200 މީޓަރުގައެވެ. ނަމަވެސް މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މި ސެޕްޓެމްބަރު މަހު 2 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތަކާއެކުގައެވެ. ވުމާއެކު 1200 މީޓާރުގައި ތާރު އެޅުމަށް 16 ދުވަސް ހޭދަވެފައި ވެއެވެ. މަގުގައި ތާރު އެޅުނަސް އަދި އެމަގުގެ މަސައްކަތް އެއްކޮށް ނިމުނީކީ ނޫނެވެ. މަގު ކުރެހުމާއި މަގުގެ ނިޝާންތައް ހަރުކުރުމާއި މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތް އަދި އޮތީ ކުރިޔަށެވެ.

ތާރު އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ
މިކަލް ނޫހުގެ ރިޕޯޓަރު މައުލޫމާތު ދިން ގޮތުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަރަށްބާރަށް ކުރިޔަށް އެބަ ދެއެވެ.
ތާރުއެޅުމުގެ މަސައްކަތް ކުރިޔަށްދާއިރު އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ ފެނުގެ ނިޒާމަށް މަގުގައި ބައްހަޓާފައި ހުރި ޖަންކްޝަންތައް ތާރަ އާޅާ ލެވެލްއަށް މައްޗަށް އުުސްކުރުން ކަމަށާއި އަދި އެއިގެ ފަހުން އޭބީސީ (އެސްފަލްޓް ބޭސް ކޯސް) ލޭޔާ އަޅައި ފެނާއެކު އެއްވަރުކޮށް ފެންހިއްކަން ވަގުދު ދޭން ޖެހެއެވެ. ދެން ކުރިޔަށްދާނީ ކެމިކަލް (ޕްރައިމް ލޭޔާ – ބިޓްމަން އެމުލަސަން) ސްޕްރޭކުރުން ކަމަށާއި އެއިގެ ފަހުން ތާރު އަޅައި މަގު ލެވެލްކޮށް ނިންމާލަނީ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.
އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ތަރުތީބުވެފައި ވަނީ ފުރަތަމަ އެންމެ ގިނަ މީހުން ބޭނުންކުރާ މަގުތަކުގެ މަސައްކަތް ނިންމުން ކަމަށް ވެއެވެ. އެގޮތުން އޯކިޑް މަގަށްފައު ދެން މަސައް ކުރިޔަށްދާނީ ރަސްމީ ބޯޅަދަނޑާއި ޏ.އަތޮޅު ތައުލީމީ މަރުކަޒާއި، ފުވައްމުލަކު ހޮސްޕިޓަލް ސަރަހައްދުގައި ކަމަށް ވެއެވެ. އެއިގެފަހުން ސްކޫލްތައް ހިމެނޭ މަގުތަކުގައެވެ.

ފިނިވާމަގަށް ފަހު ތާރު ތާރު އަޅާނީ އޯކިޑްމަގުގައި
ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރު އެލުމުގެ މަސައްކަތް ނިންމަން ބުނެފައިވާ ތާރީޚުތައް އެތައްފަހަކު ވަނީ ފަސްކޮށްފައެވެ. އެގޮތުން އެންމެފަހު އެމްޓީސީގެ ސީއީއޯ އާދަމް އާޒިމު ވިދާލުވެފައި ވަނީ މިހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެތެރޭގެ މަގުތަކުގެ ފުރަތަމަ ޕޮރޮޖެކްޓުގައި ހިމެނޭ 31 މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.



ޚިޔާލުތައް