މިއަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގައެއެވެ. ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 1 އޮކްޓޯބަރު އެވެ.
އުމުރުން ދުވަސްމީ މީހުންގެ ދުވަހެއް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމިއުގައި އުމުރުން ދުވަސްވީ މީހުންގެ މުހިންމުކަމާއި އެމީހުން މުޖުތަމައަށް ކޮށްދިފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި އެކަމަށް އާއްމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިދުވަސް ފާހަގަ ކުރަން ފަށާފައި ވަނީ 1991 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ޔުނައިޓޭޑް ނޭޝަންސް (އ.ދ)ގެ އާއްމުމަޖުލީހުގެ ގަރާރަކުން، 20 ޑިސެމްބަރު 1990ގައި އެ ދުވަސް ފާހަގަ ކުރުމަށް ނިންމައިގެން މުޅި ދުނިޔޭގައި ވެސް ހިންގާ ހަރަކާތެކެވެ.
އިސް ރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ތަފާތު ހަރަކާތްތަކެއް މި އޮކްޓޯބަރު މަހުގެ 11 އިން 14 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އިސް ރަށްވެހިންގެ ރަސްމީ ހަފުލާއެއް 13 އޮކްޓޯބަރު 2022 ވަނަ ދުވަހު ހެނދުނު 8:30ގައި ހާފިޒް އަހުމަދު ސްކޫލު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.
3 ޖެނެރޭޝަން ވޯކް – ނުވަތަ ކާފަ-މާމަ އިންިނާއއެކު ހިގާލުމެއް- 14 އޮކްޓޯބަރުގެ ހަވީރު 3:45ގައި ވަލިފަންނުގައި
އާއިލީ ހަވީރެއް – 14 އޮކްޓޯބަރުގެ ހަވީރު 4:00ގައި ފުވައްމުލައް ކޮމިއުނިޓީ ސެންޓަރުގައި

އިސް ރަށްވެހިންގެ ދުވަހުގެ ހަރަކާތްތައް 2022
ގައުމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެނެމް ފުރަތަމަ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ގްރައުންޑް ގޮލްފް” ނަމުގައި ބައްވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމަށް އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

ގްރައުންޑް ގޮލްފް މުބާޜާތް – 2022
އެމުބާރާތް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ ފުވައްމުލަކުގެ ކޮންމެ އަވަށެއް ތަމްސީލުކުރާނެ ޓީމަކާއެކު ޖުމްލަ 8 ޓީމު ވަދަކުރާ މުބާރާތެއްގެ ގޮތުގައެވެ. އަދި ކޮންމެ އަވަށެއްގެ ގޮލްފް ޓީމުގައި ވެސް 65 އަހަރުން މަތީގެ މަދުވެގެން 1 ކުޅުންތެރިއަކާއެކު ޖުމުލަ 5 ކުޅުންތެރިން ހިމެނޭގޮތަށް ކަމަށް ވެއެވެ.
އެމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 6 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެ. އަދި މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު 7781076 އިން ލިބޭނެކަމަށް ވެއެވެ.



ޚިޔާލުތައް