A wide advertisement which will be shown on all devices. (700 x 100)

އަންނަ ވޯލްޑްކަޕް އުތުރު އެމެރިކާގެ 3 ގައުމުގައި ބާއްވަނީ

މެދުއިރުމަތީގައި މިހާރު ހިގަމުންދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތަކީ ހުޅަނގުން މިހާތަނަށް އަމާޒުކުރި އެންމެ ފާޑުކިއުން ބޮޑު މުބާރާތެވެ. މިމުބާރާތްތައް ފަހު ދެން އެންމެ އަވަހަށް އޮންނަ 2026 ވަނަ މުބާރާތަކީ އަނެއްކާވެސް ތަފާތު މުބާރާތެކެވެ. އެގޮތުން، ފުރަތަމަ 3 ގައުމުގައި ބާއްވާ މިމުބާރާތުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ޖުމްލަ 48 ޓީމު ބައިވެރިވުން ހިމެނެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން، 2026 ވަނަ އަހަރުގެ މުބާރާތް ބާއްވާނީ 48 ޓީމު 16 ގުރޫޕަށް ބަހާލައިގެން (ކޮންމެ ގުރޫޕެއްގައި 3 ޓީމު ހިމެނޭ ގޮތަށް) އެންމެ ގިނަ ޕޮއިންޓް ލިބޭ 2 ޓީމު ގަދަ 32 ގެ ދާގޮތަށެވެ. ނަމަވެސް، އެންބީސީއިން ހާމަކުރަނީ މިމައުލޫމާތު އަދި ޔަގީން ނުވާކަމަށެވެ.

ނަމަވެސް، އެ މުބާރާތް ބާއްވާ ޝަހަރުތަކާއި ސްޓޭޑިއަމުތައް މިހާރުވަނީ ނިންމާފައެވެ. އެގޮތުން އުތުރު އެމެރިކާގެ 3 ގައުމުގެ 16 ޝަހަރުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އުތުރު އެމެރިކާގެ އެންމެ ބިޔަ ގައުމު ޔޫއެސްއޭ (އަހަރެމެން ކިޔާ ގޮތުން އެމެރިކާ) ގެ 11 ޝަހަރަކާއި ކެނެޑާގެ 2 ޝަހަރެއްގެ އިތުރުން އުތުރު އެމެރިކާގެ ފުޓުބޯޅައިގެ ގަދަ ބާރު މެކްސިކޯގެ 3 ޝަހަރެއްގައި އެމުބާރާތް ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން 2026 ވަނަ އަހަރު ބޭއްވޭ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތްވެގެންދާނީ އެންމެ ގިނަ ގައުމުގައި ބޭއްވޭ މުބާރާތުގެ އިތުރުން އެންމެ ގިނަ ޝަހަރުގައި ބާއްވާ މުބާރާތަށް ވުމާއި އެންމެ ގިނަ ގައުމު ވާދަކުރާ މުބާރާތަށެވެ.

އެމުބާރާތަށް ގެނައި ބަދަލުގެ ސަބަބުން އުތުރު އެމެރިކާއަށް ވެސް 6 ޖާގަ ލިބޭނެކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުގައި ވާނަމަ މިހާތަނަށް އުތުރު އެމެރިކާއިން ނުފެންނަ ގައުމުތައް ފެންނާނެއެވެ. އުތުރު އެމެރިކާގެ އެންމެ މަޝްހޫރު ތިންގައުމު މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ކޮލިފައިވެފައިވާއިރު އިތުރު ގައުމުތަކަކަށް އެމުބާރާތުން ޖާގަ ލިބޭނެއެވެ. މިއަހަރުގެ މުބާރާތަށްފަހު އަނެއްކާވެސް ދެންނަ އަންނަ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ހޫނު މޫސުން (ސަމާ) ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !