ފުވައްމުލައް ސިޓީއިން ކުށްޔަށް ދޫކުރާ ގެތަކުގެ މައުލޫމާތު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ސިޓީ ކަައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކޮޓަރިކުށްޔަށް ދޫކުރާ ގެތަކުގެ މައުލޫމާތު ހޯދަނީ ކުރިޔަށް އޮތް، 2023 ވަނަ އަހަރު ފެންުރުއަރީ މަހުގެ ތެރޭގައި ބާއްވާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓަށް ގިނަ އަދަދެއްގެ ބަޔަކު ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭތީ، އެގޮތުން ޒިޔާރަތް ކުރާ ފަރާތްތަކަށް ފުވައްމުލައް ސިޓީއިން ކުށްޔަށް ދޫކުރާ ތަންތަނާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އެގޮތުން ގެ އަދި ކޮތަރިވެށް ކުށްޔަށް ދޫކުރާ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލަން އޮންލައިން ފޯމެއް މެދުވެރިކޮށް އެމައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައި ވެއެވެ.
ފުވައްމުލައް ސިޓީއިން ވެސް ކުށްޔަށް ދޭތަންތަން ލިސްޓްވެފައި އާއްމުކޮށް އެނގެން ހުންނަނަމަށް އެފަދަ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެން ދާނެއެވެ.
ފުވައްމުލައް ސިޓިގެ ގިނަ ގެތަކުން ކޮޓަރި ކުށްޔަށް ދެއެވެ. އަދި ބައެއް ގެތަކަކީ އެއްކޮށް ވެސް ކުށްޔަށް ދޫކުރާ ގެތަކެކެވެ.

ފުވައްމުލައް ސިޓިގެ ބައެއް ގެސްތް ހައުސްތައް ސިޓީ ކައުންސިލް ވެބްސައިޓްގަިއ ލިސްޓް ކުރެވިފައި
ފުވައްމުލައްޑޮޓްއެމްވީ ގައި ފެންނަން ހުރީ ފުވައްމުލަައް ސިޓީގެ 10 ގެސްޓް އައުސް އެކެވެ. އެތަންތަނުގައި ކޮޓަރި ހުރީ 3-5 އާއި ދެމެދުގައެވެ.
އައިލް ރޯޔަލް އިން – 4 ކޮޓަރި
ކެލިކްސް ގްރޭންޑް – 5 ކޮޓަރި
ދޫގަސް – 3 ކޮޓަރި
ވިއެނި ކުއާ ގްރޭންޑް – 4 ކޮޓަރި
ދޫގަސް – 3 ކޮޓަރި
އެންދާ ޑައިވާސް ހޯމް – 4 ކޮޓަރި
ފުވައްމުލައް އިން – 5 ކޮޓަރި
ހައިވޭ އިން – 4 ކޮޓަރި
ވޭލި ރެސިޑެންސް – –
މެރީނާ ބުޓިކް ހޮޓެލް –
ކޮޓޭޖް 316 – –
އަރިގާ ވިއު – –
ވިކްޓޯރިއާ – –
ޓައިގާ ޝާކް ރެސިޑެންސް – –
މީގެ އިތުރުން ވެސް ފުވައްމުލައް ސިޓިގައި ގެސްޓްހައުސް ތަކާއި ހޮޓާތައް ހުރެއެވެ.

ޚިޔާލުތައް