A wide advertisement which will be shown on all devices. (700 x 100)

އެމްޖޭއެސް ބެލެނިވެރިންގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީ ގްރޭޑް 7

ޕޭރެންޓުންގެ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމް 2023- ގްރޭޑް 7

ރޭ ނިމުނު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ބެލެނިވެރިންގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ގްރޭޑް 7ގެ ބެލެނިވެރިންގެ ޓީމުންނެވެ.

ގްރޭޑް 7 އާއި ގްރޭޑް 1 ގެ ބެލެނިވެރިންގެ ޓީމުން ޥާދަކުރި ފައިނަލް މެޗުގެ ތެރެއިން 2023

ރޭ، 20 މާރިޗު 2023 ދުވަހުގެ 20:15ގައި ކުޅުނު ފައިނަލް މެޗުގައި ގްރޭޑް 7 ގެ ޓީމާއި ވާދަކުރީ ގްރޭގް 1 ޓީމެވެ. މިމެޗު ފަސޭހަކަމާއެކު ގްރޭޑް 7 ގެ ޓީމުން ކާމިޔާބު ކުރީ 7-1 ގޯލުންނެވެ. ދިހަ ޓީމު ވާދަކުރި މި މުބާރާތުގައި ގްރޭޑް 7 ގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކުވައި ދީފައެވެ. ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގްރޭޑް 7 ޓީމުގެ ހައްވާ އާގިސާ އެވެ.

ރޭ ކުޅުނު ފައިނަލް މެޗު ގްރޭޑް 7 އާއި ގްރޭޑް 1 ގެ ބެލެނިވެރިންގެ ޓީމު

ރޭގެ ފައިނަލް މެޗު ނިމުމާއެކު މުބާރާތުގެ ވަނަތަކަށް ސެޓްފިކެޓާއި، މެޑެއްޔާއި ތަށި އަދި އިނާމު ދިނުން ބާއްވާފައި ވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު: ގްރޭޑް 7ގެ ބެލެނިވެރިންގެ ޓީމު

މުބާރާތުގެ ރަނަރަޕް ޓީމު: ގްރޭޑް 1ގެ ބެލެނިވެރިންގެ ޓީމު

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނާއި ކޯޗު، އަދި ފައިނަލް މެޗުގެ ޝަރަފުވެރި މެނުމާނާ – 2023

މުބާރާތުގެ އެންމެ މޮޅު:

1- އަގްސާ އަހުމަދު – ގްރޭޑް 1

2- ޚަދީޖާ ސަމާ – ގްރޭޑް 1

3- އާމިނަތު ސިހާނާ އަލީ – ގްރޭޑް 6

4- ޝަހާމާ ޝިހާބު – ގްރޭޑް 7

5- ހައްވާ ސައުޝަން – ގްރޭޑް 5

6- ފާތިމަތު ރިޝާ – ގްރޭޑް 7

7- ހައްވާ އާގިސާ ސާދިގު – ގްރޭޑް 7

4- ޝަހާމާ ޝިހާބު – ގްރޭޑް 7

8- ހަސަން މުތީއު (ކޯޗު) – ގްރޭޑް 7

 

“އެޓްރެކްސިސް ގްރޭންޑް އެންޑް ސްޕާ ޕޭރެންޓްސް ހޭންޑް ބޯލް ޗެލެންޖް 2023” ގެނަމުގައި މިމުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ. މިއިީ އެމްޖޭއެސް ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމުކުރި ބެލެނިވެރިންގެ މުބާރާތެކެވެ.

މުބާރާތް އިންތިޒާމުކުރި އެމްޖޭއެސް ސްޕޯޓްސް ކްލަބުގެ ބައެއް މެމްބަރުން

މިމުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ލޭއައުޓް، ސިބްރޯ، ސީކްރެޓް، ރަވާބީ އަދި ހައިވޭ 29 އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !