ފުވައްމުލަކު އަތޮޅު ކައުންސިލާއި ސޮކަރ ވެޓަރެންސް ގުޅިގެން ފުވައްމުލަކުގައި ބާއްވާ ކިޑްސް ފުޓްބޯލް ފިއެސްޓަރ 2015 ގެ ފައިނަލް މެޗުތައް މިއަދު ހަވީރު 16:00 ގައި ފެށޭނެއެވެ.
ޕްރީ ސްކޫލް ތަކުގެ ބައިން ފައިނަލަށް ދަތުރު ކޮށްފައިވަނީ މަންހަޖުލް ހުދާގެ ޓީމާއި ޒިކުރާ ސްކޫލްގެ ޓީމެވެ. އަދި ގްރޭޑް 1 އިން ފައިނަލްގައި ބައްދަލު ކުރާނީ އެމްޖޭއެމް އާއި ހާފިޒު އަހުމަދު ސްކޫލްގެ ޓީމެވެ.
އެމްޖޭއެމް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު 12 މެޗުން 23 ޕޮއިންޓާއި އެކުއެވެ. އަދި ހޭޒް ފައިނަލަށް ދަތުރުކޮށްފައިވަނީ 14 ޕޮއިންޓާއިއެކުއެވެ.
+1
+1
ޚިޔާލުތައް