A wide advertisement which will be shown on all devices. (700 x 100)

އެންމެ ގިނަ ލޯނު ނެގީ މިދިޔަ ސަރުކާރުން، ނަމަވެސް އެންމެ ލޯސެންޓެއްވެސް ފުވައްމުލަކަށް ޚަރަދުކޮށްފައެއްނުވޭ – އަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓް

މިހާތަނަށް އެންމެގިނަ ލޯނު ނަގާފައިވަނީ ނިމިދިޔަ ސަރުކާރުން ކަމަށާއި ނަމަވެސް އެލޯނުތަކުގެ އެންމެ “ލޯ ސެންޓެއް ވެސް” ފުވައްމުލަކަށް ޚަރަދުކޮށްފައިނުވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ. އަލީ ފަޒާދު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެައި ރޭ ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ފަޒާދު އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި ހިންގާފައިވާ ރިވެޓްމެންޓްގެ މަޝްރޫއަކީ އޭގެ ކުރީ ވެރިކަމުގައި ސޮއިކޮށް ފަންޑު ހޯދާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

ރޭގެ ބަހުސުގައި އަލީ ފަޒާދު ވަނީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލް ނުހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ހޫނު ރައްދު ވެސް ދެއްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !