A wide advertisement which will be shown on all devices. (700 x 100)

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ގުރުނަގައި ނިމިއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި އިއްޔެ ނަގަން ފެށި ގުރުއަތުލުން މިއަދު ނިންމާލައިފިއެވެ. ހައުސިން މިނިސްޓްރީން ބުނީ މާލެ އުސްފަސްގަނޑު ސަރަހައްދުގައި އިއްޔެ މެންދުރު ފަހު 14:30 ގައި ގުރުލުން ފެށުމަށް ފަހު ނިންމާލެވުނީ ރޭ ފަތިހު 4:30 ހާއިރެވެ.

ކުރިން ވެސް ގުޅީފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުލުން ބޭއްވި ނަމަވެސް އަލުން ގުރު ނަގަން ނިންމީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެއްގޮތަށް ގޯތި ދޫކުރަން ވެގެނެންވެ.

ގުޅީފަޅުން ގޯތި ދޫކުރާ އަދަދު:

  • 1،250 އަކަފޫޓުގެ 684 ގޯތި
  • 1،650 އަކަފޫޓުގެ 1،242 ގޯތި
  • 2،050 އަކަފޫޓުގެ 923 ގޯތި
  • 2،450 އަކަފޫޓުގެ 479 ގޯތި
  • 2،850 އަކަފޫޓުގެ 158 ގޯތި
  • 3،250 އަކަފޫޓުގެ 49 ގޯތި
  • 3،650 އަކަފޫޓުގެ 22 ގޯތި

މިހާރު ގުރުއަތުލުން ނިމިފައިވާއިރު ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރުމާއި ބިން ލިބޭ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތަފުސީލުތައް މިރޭ ނޫނީ މާދަމާ އާންމުކުރާނެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ‘ބިންވެރިޔާ’ ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހެއްގެ ގޯތި ގުޅީފަޅަށް ބަދަލުކޮށްދޭންވެސް ވަނީ ނިންމާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !