A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބި، ކުރީ ސަރުކާރުން ކެންސަލް ކުރި ފްލެޓްތައް ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފްލެޓް ލިބި، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކެންސަލް ކޮށްފައިވާ މީހުންނަށް މިސަރުކާރުގެ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރެއިން ދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ފައިނަލް ލިސްޓަށް އަރާފައި ތިބި އެތައް ބަޔަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކެންސަލް ކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ އެއްވެސް ކަހަލަ އިންސާފަކަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ މީހުންނަށް މިސަރުކާރުން ފުރަތަމަ އަޅާ ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް އެހެން އެއްވެސް މަޝްރޫއެއްގެ ދަށުން ފްލެޓް ލިބިފައިވާނަމަ އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު މިހެން ދަންނަވާ ކޮންމެ އެއްޗެއްގަ ވެސް އާންމު އުސޫލު އެޕްލައިވާނެ. މިހާރު މިހިންގާ ގެދޮރުވެރިޔާ ސްކީމް ނުވަތަ އެހެން ސްކީމެއް ނުވަތަ މިދިޔަ ސަރުކާރުން ފެށި ސްކީމެއްގެ ތެރެއިން އެމީހާއަށް ލިބިފަ އޮތީ. އަބަދު ވެސް އޮންނަ ގޮތް ސަރުކާރުގެ ސޯޝަލް ހައުސިން ޕްރޮގްރާމަކުން ލިބިއްޖެއްޔާ ދެން ނުލިބޭނެއޭ ވަކި މުއްދަތެއް ވަންދެން އެންމެ ކުޑަވެގެން، އެ އިސްތިސްނާ އޮންނާނެ.” ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބިފަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެންސަލްކޮށްލި އެންމެންނަށް މިސަރުކާރުގެ ފުރަތަމަ ހައުސިން ޕްރޮޖެކްޓުގެ ތެރެއިން ފްލެޓް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !