މުޅި މާލެއާއި ހުޅުމާލެ އަދި ހުޅުލެއިން އެއްކޮށް ކަރަންޓު ކެނޑިއްޖެއެވެ.
ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:35 ހާއިރެވެ. ސްޓެލްކޯގެ މީޑިއާ އޮފިޝަލް އޭރު ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައިކަމަށާއި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ.
އޭގެ ފަހުން 13:22 ގައި އޭނާ ވިދާޅުވީ ޓޯޓަލް ބްލެކްއައުޓަކަށްވާތީ، ގްރޭޓަރ މާލެ ގްރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައެވެ. އަދި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާލެ ޖެންސެޓްތައް އެނަރޖައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރައއވާފައިވާ ޕޯސްޓެއްގައި ވަނީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައިވާނެކަމަށާއި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމަށެވެ.



ޚިޔާލުތައް