A wide advertisement which will be shown on all devices. (700 x 100)

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޓްރެއިނިންގް ޕްރޮގްރާމެއް ހިންގަނީ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް 3 މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޮސްޕިޓާލިޓީ ދާއިރާއިން ޢަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ މި ޓްރެއިނިންގައި ވަޒީފާގެ ތަފާތު ހުނަރުތައް ތަރައްޤީކުރުމުގެ ގޮތުން އެދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންނާއިއެކު މަސައްކަތްކުރުމުގެ ފުރުޞަތާއި، ރިސޯޓުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކާ ބެހޭ ޢަމަލީ މަޢުލޫމާތާއި އިރުޝާދު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ސީ.ވީ އަދި ތަޢުލީމީ ސެޓްފިކެޓްތައް des@msfd.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދެމެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގު ފުރުޞަތު ހުޅުވިފައިވަނީ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފެބްރުއަރީ 10 ވަނަ ދުވަހުން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވެސް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !