އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާުފު އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް ޤާނޫނީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 29 މޭ 2025 އިން 02 ޖޫން 2025 އަށެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ފ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅޭ ހުރިހާ މައްސަލަތަކުގައި، ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން އެކުލަވާލެވިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އިޖުރާއަތުތަކަށް އައިސްފައިވާ ބަދަލުތަކާ އެއްހަމަކުރެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމެވެ. އަދި ވުޒާރާގެ އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތްތަކަށް މުވައްޒަފުން އަހުލުވެރިކުރުމެވެ.
މިތަމްރީން ޕްރޮގްރާމްގައި މުޅި ޖުމްލަ 19 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
+1
+1



ޚިޔާލުތައް