A wide advertisement which will be shown on all devices. (700 x 100)

ވައިގަދަވެ ވިލިމާލޭގެ ގެއެއްގެ ފުރާޅުގެ ޓިނުތައް ނެއްޓިއްޖެ

މިހާރު ރާއްޖެއަށް  ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ވިލިމާލޭގެ ގެއެއްގެ ފުރާޅުގެ ޓިނުތައް ނެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ  ގަދަވަޔާއެކު މިއަދު ހެނދުނު ވިލިމާލޭގެ ޕެވެލިއަން ގޭގެ ފުރާޅު ޓިނުތައް ނެއްޓިފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މުސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ކ، އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް މިއަދު ވައިޓް އެލަރޓްވެސް ނެރެފައެވެ. އެއީ މިއަދުގެ ހެނދުނު 09:15 އިން ފެށިގެން މިއަދުގެ މެންދުރުފަހު 15:00 އާ ހަަމައަށެވެ.

އެލަރޓްގައި ވަނީ ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މެޓުން ބުނެފައިވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !