މިމަހުގެ 12 އިން 16 އަށް މާލޭ ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ 16 އަހަރުން ދަށުގެ އަންހެން ޓީމާ ބައްދަލުކުރަައްވައި އެޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ހިތްވަރުދެއްވައިފިއެވެ.
ސްރީލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗު ނިމުމަށްފަހު ޓިމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާ ވަޒީރުވަނީ ހިތްވަރު ދެއްވާފައެވެ.
މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރެއްވުމަށް ހިތްވަރުދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ މެޗެއްގައިވެސް ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހެދޭ ގޯސްތައް ރަނގަޅުކޮށްގެން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ.
އަދި ޓީމެއްގެ ގޮތުގައި ރަނގަޅު ޑިސިޕްލިންއާއެކު މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޚިޔާލުތައް