މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) އެވެ.
2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްޙަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހު 18:16 އެހައިކަންހާއިރުއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވެއެވެ.
ސާމީ ޢަބްދުލްޙަމީދު އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.
ޚިޔާލުތައް