A wide advertisement which will be shown on all devices. (700 x 100)

ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ޗައިނާ ކުންފުންޏަކުން މަސްދަޅު އުފައްދައިފި

ދިވެހިން ބާނާ މަސް ޗައިނާއަށް އެތެރެކޮށް، އެމަސް ބޭނުންކޮށްގެން ޗައިނާ ކުންފުންޏަކުން މަސްދަޅު އުފައްދައިފިއެވެ.

މިއީ މި ކުންފުނިން ދިވެހިން ބޭނި މަސް ބޭނުންކޮށްގެން މަސްދަޅު އުފެއްދި ފުރަތަމަ ފަހަރެވެ. މި ސާމްޕަލްތައް ވަނީ ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް ހުށަހަޅާފައެވެ.

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ “ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑް” އިން ދިވެހި ކަނޑުމަސް ބޭނުންކޮށްގެން މަސްދަޅުގެ ފުރަތަމަ ސާމްޕަލް ބެޗް ދައްކާލާފައިވާއިރު، މި މަސައްކަތަކީ ޗައިނާގެ “ޖިންގްވެއިޑާއޯ” ބްރޭންޑް ޓީމާ ގުޅިގެން ކުރެވުނު މަސައްކަތެކެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޗައިނާ-ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ގެ ސަބަބުން މި ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ޗައިނާއަށް ފޮނުވާ މަހުގެ އުފެއްދުންތަކަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް ނުނަގާ ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓް ހުޅުވާލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، އާ މާކެޓްތައް ހޯދައި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި އަގުހުރި މަހުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ބައެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ކާމިޔާބީއަކީ ދެގައުމުގެ ވިޔަފާރީގެ ގުޅުމަށާއި ދެމެހެއްޓެނިވި މަސްވެރިކަމަށް، އަދި ސަރަޙައްދީ އެއްބާރުލުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްކަން ޝިޔާމްގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އާ އެކުގައި ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން ޗައިނާ އަށް ސުން ޓެކުހުގައި އެކްސްޕޯޓް އެއްބަސްވުމަށް މިއަހަރު ޖެނުއަރީ 1 ގައި ވަނީ އަމަލުކުރަން ފަށާފައެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ ގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !