ތިނަދޫ ސިޓީ ޖެޓީގައި ހިނގި އެކްސިޑެންޓެއްގަ 6 މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.
ތިނަދޫ ސިޓީގެ ފެރީ ޓާމިނަލް ޖެޓީގައި ހިނގި އެކްސިޑެންޓެއްގައި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި އެކްސިޑެންޓެއް ހިގީ މިއަދުއެވެ.
ލޯންޗުގައި 3 ފަސިންޖަރުން ތިބިއިރު، ކެޕްޓަން އޮޕަރޭޓް ކުރަމުން ދަނިކޮށް ޖެޓީގައި ޖެހި ހިނގި އެކްސިޑެންޓުގައި 6 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ކެޕްޓަންވެސް ވަނީ ޒަހަމްވެފައެވެ. އަދި ފަޅުވެރިން ހިމެނޭ ހެން ޒަހަމްވި މީހުންނަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދަނީ ފަރުވާ ދެމުންނެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި އެއީ 50 އަހަރުގެ މީހަކަށާއި، 29 އަހަރުގެ މީހެއްގެ އިތުރުނ 28 އަހަރާއި، 25 އަހަރުގެ ދެ އަންހެނުނެވެ. އަދި އެއް އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚިޔާލުތައް