A wide advertisement which will be shown on all devices. (700 x 100)

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއްޖެ

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެެއްޖެއެވެ.

މިއަހަރުގެ ފެބްްރުއަރީ މަހުގެ 18 ވަނަ ދުވަހު ނިންމައި، އިއްޔެ އެމަޖިލީހުން އާންމު ކުރި ފަތުވާގައި ވިދާޅުވީ، އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމުގެ މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށާއި އެއީ ހަރާމްކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު ކަމަށެވެ.

މި ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާ ކަމަށް ފަތުވާގައި ވިދާޅުވިއެވެ.

މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، އިސްވެ ދެންނެވުނު މައިގަނޑު ދެރައުޔަކީ ވެސް އިލްމުވެރިން ގަބޫލުކުރައްވާފައިވާ ދެރައުޔު ކަމަށާއި ނަމަވެސް ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާތީ “އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ ކަމަށެވެ” ފަތުވާގައި ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !