A wide advertisement which will be shown on all devices. (700 x 100)

ކާށިދޫ އިން ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި

ކ. ކާށިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނުގައިވާގޮތުން މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 410 ގޯއްޗެވެ.

މި 410 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ކާށިދޫގެ ރަށްވެހިންނާއި، ކާށިދޫ ރަށްވެހިންނާއި ކައިވެނިކޮށްގެން ކާށިދޫގައި ދިރިއުޅޭމީހުންނާއި، ކައިވެނީގެ ގޮތުން ފިޔަވައި ކާށިދޫއަށް ހިޖުރަކޮށް، ރަށްވެހިކަން ބަދަލުކޮށް ކާށިދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 400 ގޯތި ހާއްސަ ކުރެވިފައި ވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 10 ގޯތި ހާއްސަ ކުރެވިފައި ވެއެވެ.

އެ އިއުލާންގައި ވަނީ އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގޯއްޗަށް އެދި ކާށިދޫ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !