ހުޅުމާލޭ ފޭޒް 1 ގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް، ކަފިހިހުރަސް މަތިން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދުގެ 14:16 އެހާއިރު ފުލުހުންނަށް ރިޕޯޓްކުރި މި ހާދިސާގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަށް ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުންނަމަ އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް، ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ. އެކްސިޑެންޓްވި ސައިކަލު ވަނީ ހާދިސާ ހިނގި ސަރަހައްދުން ޓޯކޮށްފައެވެ.
+1
+1
ޚިޔާލުތައް