A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދިނުމުމަށް މިތިބީ ތައްޔާރަށް: އޭޑީއެފްޑީ ޑިރެކްޓަރ ޖެނެރަލް

ދިވެހިރާއްޖޭގެ ތަރައްޤީގެ ކަންކަމަށް ހާއްސަ އިސްކަމެއްދެއްވައި އެހީތެރިވެދިނުމުގައި، އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް ތިބިކަމަށް އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނ. މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި، އެ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާފަރު އެއަރޕޯޓަކީ ދިވެހިރާއްޖޭގެ ގުޅުންތައް ވަރުގަދަކޮށް، ފަތުރުވެރިކަން ކުރިއަރުވައި، ވިޔަފާރި ފަސޭހަކޮށްދިނުމުގެ އިތުރުން، މުޅި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް އެ ފަންޑުން ކުރި މަސައްކަތުގެ ހެއްކެއްކަމަށް އަލް ސުވައިދީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ‏ތަރައްޤީ އަކީ ހަދިޔާއެއް ނޫންކަމަށާއި ތަރައްޤީއަކީ ހިތްވަރާއި، ބުރަމަސައްކަތާއި، އޯގާތެރިކަމާއެކު ގުޅިގެން ހޯދޭ އެންމެންގެ ބައިވެރިވުން ހިމެނޭ ޒިންމާއެއްކަމަށެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވީ މިއަދަކީ ނޫނު އަތޮޅަށް، އަދި ޚާއްސަކޮށް މާފަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ދުވަހެއް ކަމަށެވެ. އަދި މީގެ ސަބަބުން އަތޮޅުގެ ހުރިހާ ރިސޯޓްތަކަށާއި ގެސްޓް ހައުސް ހިންގަވާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !