ތިނަދޫ ސިޓީގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ދެ މީހަަކަށް ލިބުނުއިރު، އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ އިއްޔެ ހަވީރު 5:20 އެހާކަންހާއިރު ތިނަދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާ ލިބުނު ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އަނެކަކުގެ ފުއްޕާމެއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ބޮލަށް އަނިޔާ ލިބުނު މީހާ ވަގުތުން މާލެ ގެންގޮސްފައިވާ ކަމަށާއި އަނެއް މީހާއަށްވެސް އިތުރު ފަރުވާއަށް މާލެ ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ގޯޅިއަޅަން އުޅުމުގެ ތެރޭގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ދެ ފިރިހެނުންނަށެވެ.
ޚިޔާލުތައް