A wide advertisement which will be shown on all devices. (700 x 100)

ވީއައިއޭ އާ ޓަރމިނަލުގައި ޚިދުމަތްދޭން ތިބޭނީ ހުސް ދިވެހިން: އެމްއޭސީއެލްގެ އެމްޑީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވާ އިރު، އެ ޓާމިނަލުގައި ހިދުމަތް ދޭން ތިބޭނީ %100 ދިވެހިން ކަމަށާއި އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ މި ޓާމިނަލް ވެގެންދާނީ ދިވެހިންނަށް ވަރަށް ފަޚުރުވެރި އަދި ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދިޔަ މަސައްކަތަކަށް ކަމަށެވެ. އަދި އެތަނުގައި 100 އިންސައްތަ ދިވެހި ޒުވާނުން ހަރަކާތްތެރިވުމަކީ ވަރަށް އުފާވާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އާ ޓާމިނަލް ހުޅުވެންވާ އިރަށް އެތަނަށް ބޭނުންވާ މުވައްޒަފުން ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ޓްރެއިންކޮށް މިހާރު ވަނީ ތަމްރީނުތައް ނިންމާފައެވެ. މުޅީންވެސް ދިވެހި ޒުވާނުން ހިމެނޭ ވަރުގަދަ ފަހުލަވާނުންގެ ޓީމެއް ވީއައިއޭގެ އާ ޓާމިނަލުގައި ހިދުމަތް ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިއީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަން އޭނާ ވަނީ ވިދާޅުވެފައެވެ. އާ ޓާމިނަލް ހުޅުވި ރާއްޖޭގެ އިގްތިސާދަށާއި ދިވެހިންނަށް ލިބޭނެ މަންފާއާ ދޭތެރޭ ވިސްނާލުމުން އުފަލުން ދެލޮލުން ކަރުނަ އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި އާ ޓާމިނަލުން ދޭނީ އަޔާޓާގެ މިންގަނޑުތަކުން ލެވެލް އޮފް ސާވިސްގެ އެންމެ މަތީ ދަރަޖައިގެ ހިދުމަތްތަކެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރު އެމްއޭސީއެލަށް ފައިދާ ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމްޑީ ވިދާޅުވީ އެމްއޭސީއެލަކީ ލޯނުތައް ދެއްކުމުގެ ފުރިހަމަ ގާބިލުކަން އޮތް ކުންފުންޏެއް ކަމަށާއި މިއީ ކުންފުންޏަށް އޮތް ވަރަށް ބޮޑު ކާމިޔާބީގެ ސިއްރެއް ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !