A wide advertisement which will be shown on all devices. (700 x 100)

އާ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމުގައި އެހީތެރިވެދިން ބައިނަލްއަޤްވާމީ ބައިވެރިންނަށް އެމްއޭސީއެލްގެ ޝުކުރު

އާ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމުގައި އެހީތެރިވެދިން ބައިނަލްއަޤްވާމީ ބައިވެރިންނަށް ޝުކުރުވެރިވާ ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސިއެލް) އިން ބުނެފިއެވެ.

އެމްއޭސިއެލް އިން ބުނީ ދިވެހިންގެ ތަރައްގީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބައިނަލްއަޤްވާމީ ބައިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑާއި، އަބޫދާބީ ފަންޑާއި، އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވަމުން ގެންދަވާ މުހިންމު ޚިދުމަތްތައް ފާހަގަކުރައްވާ ކަމަށެވެ.

ޙާއްސަކޮށް އެބޭފުޅުންދެއްވި  އެއްބާރުލުމުގެ ސަބަބުން ޤައުމުގެ ކުރިއެރުމަށް ދެމެހެއްޓެނިވި އަސަރެއް ކޮށްފައިވާ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލް ހުޅުވުން ކަމަށެވެ. އެހެންކަމުން މިއަދު މިދެކޭ އާޓާމިނަލް އަކީ އެކަމުގެ އެންމެ ބޮޑު ހެކިކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !