މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދަރާ، މެޓް އޮފީހުން މިއަދު 14:00 އިން ރޭގަނޑު 20:00 އަށް ވައިތް އެލަރޓް ނެރެފިއެވެ.
މެޓުން ނެރެފައިވާ އެލަރޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ކަނޑު ގަދަވުމާއެކު، ގަޑިއަކު 45 މޭލާށް ވައި ގަދަވާނެ ކަމަށެވެ.
ރާއްޖެ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށާއި މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ވަނީ ކުރިންވެސް ލަފާކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން އެދެއެވެ.
+1
+1



ޚިޔާލުތައް