A wide advertisement which will be shown on all devices. (700 x 100)

ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވަނިކޮށް އެމްޕީއެލުން 4700 ބަސްތާގެ ފިޔާ ޝިޕްމެންޓް ކްލިއަރކޮށްފި

ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވާތީ ފިޔަލުގެ ބާވަތް ރާއްޖެއަށް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލެއް  ހޯދުމަށް 4700 ފިޔާ ބަސްތާ އެމްޕީއެލްއިން ކްލިއާރ ކޮށްފިްއެވެ.

ރާއްޖެއަށް ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި ފިޔާ ރާއްޖެ ގެންނަނީ އަމިއްލަ ކުންފުނިތައް މެދުވެރިކޮށެވެ. އެސްޓީއޯއިން ބުނީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވެފައިވަނީ މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީކަމަށާއި، އެހެންކަމުން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ.

ފިޔާ ޝިޕްމަންޓް ގެންނަން މަސައްކަތްކުރަމުންދަނީ އިންޑިއާއިންކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ވަނީ ދެއްވާފައެވެ. މިހާރު 4000 އަށްވުރެ ގިނަ ބަސްތާ ފިޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ ކްލިއަރކޮށްފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސްއިން ރެއާއި ހަމައަށް ކުރި މަސައްކަތާއެކު 3 ބޯޓަކުން މުދާ ބާލައިފާ ކަމަށެވެ.

އެގޮތުން 4720 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން ބާލާފައިވާ ކަމަސްވެސް ވަނީ ބުނެފައެވެ.

މިހާރު ބާޒަާރުގަ ފިޔާ ކިލޯއެއްގެއަގު އުޅެނީ 75 ރުފިރާ އަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !