ޤައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީއިން ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ނެރެފައި އޮތް ވައިޓް އެލަރޓްގެ ވަގުތު ދަންމާލައިފިއެވެ.
މެޓުން މިއަދު ހެނދުނު 09:15 އިން ފެށިގެން 13:45 އަށް ނެރުނު އެލަރޓް މިރޭ 19:45 އާ ހަމައަށް ދަންމާލުމަށްފަހު މިހާރުވަނީ މިރޭ ދަންވަރު 1:30 އާ ހަމައަށް ދަންމާލައިފައެވެ.
މެޓުން ނެރުނު އެލަރޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއްރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ޚާއްޞަކޮށް ކަނޑުދަތުރުކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އަދި އެމްއެންޑީއެފުންވެސް ވަނީ އެދިފައެވެ.
ޚިޔާލުތައް