ފާރެއްގެ ޖެހި ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގަ 17 އަހަރު ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ފުވައްމަލަކު ހުސްނުހީނާ މަގުން ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ފާރެއްގައި ޖެހި އެ ސަރަހައްދުގައިހުރި މަގު ބައްތިއެއްގެ ހޮޅިދަޑީގައިޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 2:40 އެހާކަށްހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށްއެކުއްޖާ ނިޔާވެފައިވާ ކަމަށް ރޭ 3:38 އެހާކަށްހާރު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންގެންދަނީ ތަހްގީގް ކުރަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
+1
+1
ޚިޔާލުތައް