A wide advertisement which will be shown on all devices. (700 x 100)

ވައިގެ މަގުން ރާއްޖެއިން ފުރާ ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު ގެންދިއުމުގެ ހުއްދަ އޮންނާނެ: ދިފާއީ ވުޒާރާ

ރާއްޖެއިން ފުރާ ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު ގެންދިއުމުގެ ހުއްދަ އޮންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި ހުއްދަ ދީފައިވަނީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް، ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ރިއާޔަތްކޮށެވެ.

ޑިފެންސް މިނިސްޓްރީނ ްމިއަދު ނެރުނު  ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެންސީއޭއެސްޕީގެ “ޕްރޮހިބިޓަޑް އައިޓަމްސް ލިސްޓް” އަދި އައިކާއޯގެ ޓެކްނިކަލް އިންސްޓްރަކްޝަންސްގެ އިތުރުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ޑޭންޖަރަސް ގުޑްސް ރެގިއުލޭޝަންގެ ދަށުން ނުރައްކާތެރި މުދަލުގެ ގޮތުގައި ނުހިމެނޭ ލައިޓަރުތަކުގެ ތެރެއިން އެއް ލައިޓަރު، ކޮންމެ ފަސިންޖަރަކަށްވެސް އަތުގައި ނުވަތަ އަންނައުނުގެ ޖީބުގައި ގެންދިއުމަކީ މިހާރު ހުއްދަ ކަމެކެވެ.

ނަމަވެސް، އެއްވެސް އެއާލައިނަކުން ވަކި ފްލައިޓަކަށް ލައިޓަރު އެރުވުން މަނާކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދެވިދާނެކަމަށާއި، އެފަދަ ހާލަތެއްގައި، އެއާލައިނުން އެކަން ޑިފެންސް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށް ސާކިއުލާގައިވެއެވެ.

މީގެ ކުރިން ރާއްޖެއިން ފުރާ ފްލައިޓްތަކުގައި ލައިޓަރު ގެންދިއުމަކީ މަނާކަމެކެވެ. މިކަމުގެ ސަބަބުން، ދަތުރުވެރިންނަށް އެއާޕޯޓްގައި ލައިޓަރުތައް އުކާލަން ޖެހި، ބައެއް ފަހަރު ދަތުރުވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މި ބަދަލަކީ، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ގެނެވުނު ބަދަލެކެވެ. މިކަމުގެ ސަބަބުން، ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެއެވެ.

+1
1
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !