އައްޑޫ ސިޓީ ހިތަދޫގައި ދާރުލްއާސާރައެއް ގާއިމުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ދާރުލްއާސާރު ހަދަން ނިންމާފައިވަނީ ކުރީގެ ‘ފިޓް އެރޯ” ރެސްޓޯރަންޓް ގޯޅިގަނޑުގެ ތެރޭގައި ހުންނަ އައްޑޫގެ ކުރީގެ މާލިއްޔާ ހިންގި އިމާރާތުގައި ކަމަށެވެ.
އެހެންވެ އެ އިމާރާތް މަރާމާތުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 އާ ހަމަޔަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 13 އާ ހަމައަށް ކަމަށާއި ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަމްބަރާއި މެއިލް އެޑްރެސް tender@adducity.gov.mv އަށް އީމެއިލް ކޮށްގެން ކަމަށް ބިޑަށް ހުޅުވާލި އިުލާނުގައި ބުނެފައިވެއެވެ. ބީލަމާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައެވެ.
ޚިޔާލުތައް