ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ‘މަވައްދަތު’ ސިލްސިލާގެ ހަތަރުވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ.
މި ފޯރަމްގައި އަލިއަޅުވައިލައިފައިވަނީ ‘ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް’ މި މަޢުޟޫއަށެވެ. މި ފޯރަމްގައި މަޢުލޫމާތުދެއްވީ އައްޝައިޚް ނިމާލު މުޙައްމަދާއި އައްޝައިޚް އަޙްމަދު މަޢުސޫމާއި އައްޝައިޚް ޢަބްދުލްޤާދިރާއި އަލްއުސްތާޛާ ޙައްވާ ލަޠީފެވެ.
މި ސިލްސިލާގެ ހަތަރު ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުވައިލައިފައިވަނީ “ކައިވެނީގެ ކުރީން” މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި “ކައިވެންޏަށް ތައްޔާރުވުން” މި މަޢުޟޫއުއަށް އަލިއަޅުވައިލައިފައިވާ އިރު ތިންވަނަ ފޯރަމްގައި އަލިއަޅުވައިލައިފައިވަނީ “ކައިވެނި ކުރެވުމާ އެކު” މި މަޢުޟޫއަށެވެ.
ޚިޔާލުތައް