A wide advertisement which will be shown on all devices. (700 x 100)

ދިވެހިންގެ ތާރީހާއި ،ސަގާފަތާއި،ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވެހިންގެ ތާރީހާއި ،ސަގާފަތާއި،ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރު ކުރުމުގެ ދިރާސާވެރިން އުފެއްދުމުގެ މަސައްކަތުގެ އެއްބަސްވުމުގާއި ސޮއިކޮށްފިއެވެ.

ދިވެހިރައްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ކުރިއަށްގެންދެވުނު މި ސޮއިކުރުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމިއްޔަތު އިޔާދަކުރެއްވުމަށް ދެއްވަވާ ހާއްސަ އިސްކަމުގެ ދަށުން ސޮއިކުރެވިގެންދިއަ ފަހުމުނާމާއެއްކަމަށާއި މި ފަހުމުނާމާ ގެ ދަށުން ދިވެހިންގެ ތާރީހާއި ،ސަގާފަތާއި،ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރު ކުރުމުގެ ދިރާސާވެރިން އުފެއްދުމުގެ މަސައްކަތް ކުރެވިގެން ދާނޭކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވިގޮތުގައި މި ފަހުމުނާމާގެ ސަބަބުން އެކިއެކި ދާއިރާތަކުން ދިރާސާކުރުމާއި، ސެމިނާރު، ކޮންފަރެންސް ބޭއްވުމުގެ އިތުރުން ޤައުމަށް ފައިދާހުރި ދާއިރާތަކުން އެކިއެކި ޝާއިޢުކުރުންތައް ނެރުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

މި ފަހުމުނާމާގައި ދިވެހިބަހާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !