ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަލްއުސްތާޛު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު ޤާއިމުވެފައިވާ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި، ޚާއްޞަކޮށް އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުޞަތުތައް ހޯދުމާބެހޭ މަޝްވަރާތައް ކުރެވުނެވެ.
މީގެ އިތުރުން ދެ ޤައުމުގެ މެދުގައި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތަށްވެސް ފައިދާވާނެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
+1
+1
ޚިޔާލުތައް