މާލޭގައި ހުންނަ ކާނިވާ ސްޓޭޖްގެ ހަލާކުވެފައިވާ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކާނިވާ ސްޓޭޖްގެ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނަގާ އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނެގުމުގެ މަސައްކަތް ކުރުމުގެ އިތުރުން ވެސް މާލޭގެ އެކި ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން އެކި ޕާކްތަކާއި މައިޒާންތައް ބެލެހެއްޓުމުގެ މަސައްކަތް އެ ކައުންސިލުން ދަނީ ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން މިފަހުން ވަނީ މާލޭގެ އާޓިފިޝަން ބީޗް ސަރަހައްދުގައި ކާނިވަލެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ. މިހާރު ކަނިވާ ސްޓޭޖް ހުންނަ ސަރަހައްދަކީ ކުރިން މާލޭގައި ކާނިވާ ހިންގި ސަރަހައްދެވެ.
ޚިޔާލުތައް