A wide advertisement which will be shown on all devices. (700 x 100)

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އެމްޓީީސީސީއާއި ހަވާލުކޮށްފި

ހއ. މުރައިދޫގައި 300 މީހުންގެ ޖާހައިގެ މިސްކިތެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީއާއި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙުމަދު ސަޢުދީއެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރު ގެ އިތުރުން ލައިބްރަރީއެއް އެކުލެވިގެންނެވެ. މީގެ އިތުރުން މިސްކިތް ބިނާ ކުރެވޭނީ ސޯލަރ ސިސްޓަމްވެސް ހަރުކުރެވޭ ގޮތަށެވެ.

ދަޢުލަތުގެ ބަޖެޓުން 7،789،771.62 ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރާ މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !